Advertisement

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ލޮޕެޓޭގީ ވަކިކޮށްފި

30 Oct 2018 | 07:47

ކޯޗުކަމުން ލޮޕެޓޭގީ ވަކިކޮށް ރެއާލްގެ ކޯޗުކަން ވަގުތީ ގޮތުން ބީ ޓީމުގެ ކޯޗު ސަންޓިއާގޯ ސޮލާރީއާއި ހަވާލުކޮށްފިއެވެ.

މިކާމައި ބެހޭ ގޮތުން ރެއާލްއުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްލަބުގެ ކޮލިޓީއާއި އަޅާ ބަލާއިރު މި ސީޒަނުގައި ނެރެވިފައިވާ ނަތީޖާތަށް ވަރަށް ދަށްކަމަށެވެ.

ޒިދާންގެ ފަހުން ރެއާލްގެ ކޯޗުކަމާއި ހަވާލުވި ލޮޕެޓޭގީ މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގައި ރެއާލްއުން ހޯދާފައިވާ ދަށް ނަތީޖާ ތަކުގެ ސަބަބުންނެވެ. އެގޮތުން ސްޕެނިޝް ލީގުގައި ދިހަ މެޗު ކުޅެވުން އިރު ރެއާލް އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އަދި ޗެންޕިއަންސް ލީގުގައި އަބަދުވެސް ވަރުގަދަކޮށް ފެންނަ ރެއާލް މި ސީޒަނުގައި އަދި މިހާތަނަށް ފެނިފައިވަނީ ވަރަށް އާދައިގެ ކޮންނެވެ.

ރެއާލްގެ ކޯޗުކަމަށް އައުން އެންމެ ގާތީ ކުރީގެ ޔުވެންޓަސް އަދި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ޓޮޓެންހަމްގެ ޕޮޗެޓީނޯ، ޔުނައިޓެޑުގެ މޮރީނިއޯ، އަދި ބެލްޖިއަމްގެ ރޮބާޓޯ މާޓިނޭޒްވެސް ރެއާލްގެ ކޯޗުކަމަށް އަތުވެދާނެކަމަށް ޔޫރަޕުގެ ފުޓްބޯޅަ ކަވަރު ކުރާ ގިނަ މީޑިއާތަކަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.

ލޮޕެޓޭގީ ރެއާލްގެ ކޯޗުކަމާއި ހަވާލުވީ ނިމިދިޔަ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސް ކޮޅަކަށްވެފައި ވަނިކޮށް ސްޕެއިންގެ ގައުމީ ޓީމު ކަމުން ވަކިކުރުމުންނެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމުން ލޮޕެޓޭގީ ވަކިކޮށްފައިވަނީ ވޯލްޑް ކަޕަށް ފަހު އޭނާ ރެއާލްއާއި ހަވާލު ވާނެ ކަމަށް ރެއާލްއުން ހާމަކުރުމާއި ގުޅިގެން ސްޕެނިޝް ފުޓްބޯޅައާއި ބެހޭ މައި އިދާރާގެ އިސް ފަރާތްތަކުން އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ.

Advertisement

ކޮމެންޓް