Advertisement

ރައީސް ޔާމީންގެ ހާލަތު ބެލުމަށް އެޗްއާރުސީއެމުން ޖަލަށް ދިއުމަށް ހުއްދަ ދީފި

30 Nov 2019 | 15:24

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނެވި އިރު އެމަނިކުފާނަށް ލާއިންސާނީ އަނިޔާދޭ ކ ަމަށް ބުނެ، އިދިކޮޅުން ހުށަހެޅި މައްސަލައާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ޖަލަށް ޒިޔާރަތްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްއާރުސީއެމަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ޔާމީނާ ބަދަލު ކުރެއްވުމަށް އެޗްއާރުސީއެމްގެ ތިން ބޭފުޅަކު މާލެ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނުން ދީފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީން ރައީސް ޔާމީނާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ އެކޮމިޝަނުން ބަލަމުންދާ ކަމަށެވެ. ނަމަވެސް ޖަލަށް ޒިޔާރަތްކުރާނެ ގަޑި މީޑިއާއަށް ހާމަކުރަން ކޮމިޝަނުން އަދި ނުވިސްނާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މާލޭ ޖަލަށް ޒިޔާރަތްކުރުމުގެ ހުއްދަ ކަރެކްޝަނުން އެޗްއާރުސީއެމްއަށް ދިން އިރު މިހާރު ރައީސް ޔާމީން ވަނީ މާފުށި ޖަލަށް ބަދަލުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން އެޗްއާރުސީއެމް އަށް މައްސަލަ ހުށަހެޅީ މާލޭ ޖަލުގައި އެމަނިކުފާނު ހުންނެވި ހަ ފޫޓުގެ ގޮޅީގައި ވައިބަންދުވެފައި ހުރުމާއި ފާޚާނާގައި ފުލަޝްކުރެވެން ނެތުމާއި ޓައްޕެއްގައި ފެން އުފުލަން ޖެހުމާއި ގޮޅީގައި އޮށޯވެ ނުލެވޭވަރުގެ ކުޑަ ދަގަނޑު އެނދެއް ހުރުމާއި އެޖަލަކީ ނުރައްކާތެރި ބޮޑެތި ކުށްވެރިން ތިބޭ ޖަލެއް ކަމަށް ބުނެއެވެ.

Advertisement

ކޮމެންޓް