ކ. އަތޮޅައް ޔެލޯ އެލާޓް އަދި ކ އަތޮޅާއި ސ އަތޮޅާދެމެދަށް ވައިޓް އެލާޓް

30 Oct 2018 | 10:46

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ކ އަތޮޅަށް މިއަދު ހެނދުނު 08:00 އިން މެންދުރު 11:00 ގެ ނިޔަލަށް ހުއްޓާނުލާ ވާރޭވެހޭނެތީ ޔެލޯ އެލާޓު އަދި ކ އަތޮޅާއި ސ އަތޮޅާދެމެދަށް ހެނދުނު 06:00 އިން މެންދުރު 12:00ގެ ނިޔަލަށް ވައިޓް އެލާޓު މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.

އެހެންކަމުން މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން ހުޅަނގުދެކުނާއި ހުޅަނގުން އުތުރު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި، އެއިދާރާއިން ބުނެއެވެ.

އަދި ރާއްޖެއަށް މިހާރު ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރާއިގައި ރާއްޖޭގެ އެންމެ އުތުރުގެ ބައެއްރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.

އަދި އެހެން ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އުތުރުއަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް

Advertisement