އެތައް އަހަރެއްގެ އިންތިޒާރުގެ ނިމުން: މާފަރު އެއާޕޯޓް ހުޅުވައިފި

01 Dec 2019 | 18:20

ގިނަ އަހަރުތަކެއްގެ އިންތިޒާރަކަށްފަހު، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެއާޕޯޓް ރަސްމީކޮށް ހުޅުއްވާދެއްވާފައިވަނީ ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުން ދިން ހިލޭ އެހީގެ ދަށުންނެވެ.

މި އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުންނަ އިރު، އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ.

އަދި އިންޓަރނޭޝަނަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންދިޔަކަންވެސް ފާހަގަކޮށްލެވެއެވެ. މި އެއާޕޯޓް ހިންގާނީ އައިލެންޑް އޭވިއޭޝަންގެ ފަރާތުންނެވެ.

މޯލްޑިވިއަންގެ ފަރާތުން ވަނީ މާލެއިން މާފަރަށް އެއްކޮޅަށް 750ރުފިޔާއަށް ދަތުރުކުރެވޭނެ ގޮތަށް ދަތުރުތައް ތައާރަފްކޮށްފައެވެ.

މާފަރުގައި އެއާޕޯޓެއް އެޅުމަކީ އެރަށާއި ނ.އަތޮޅުގެ ރައްޔިތުން ގިނަ އަހަރުތަކެއް ވަންދެން ދެކެމުން އައި އުންމީދެކެވެ. މި އެއާޕޯޓުގެ މަސައްކަތް ފައްޓާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް