Advertisement

ފްލެޓަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް!

01 Dec 2019 | 21:03

"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތަކަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ފްލެޓްތަކުގެ މައްސަލަ ބަލައި ކޮމިޓީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ފުލެޓް ކޮމިޓީން ކުރި އިއުލާނެއްގައި ބުނީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާދަމާ ހެނދުނު 10:00 އާއި ހަވީރު6:00 އާއި ދެމެދުގެ ވަގުތު ތަކުގައި ކަމަށެވެ.

ފުލެޓް ކޮމެޓީން ގޭގެއަށް ޒިޔާރަތްކުރަމުންގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑާއެކު ހަރަކާތްތެރިވާ 2 މީހުންގެ މައްޗަށް އެކުލެވޭ ޓީމު ތަކަކުން ކަމަށް ކޮމިޓީން މައުލޫމާތުދެއެވެ.

ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން 3010718 ނަންބަރުން، ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް ފްލެޓްތަކުގެ މައްސަލަބަލައި ކޮމެޓީން އަންގާނެ ކަމަށް އިއުލާނުގައި ވެއެވެ.

Advertisement

ކޮމެންޓް