ކުރީގެ ސަރުކާރުން ކޮށްފައިހުރި ރަގަޅު ކަންކަން ދަމަހައްޓަންޖެހޭ: އަސްލަމު

01 Dec 2019 | 22:53

ކުރީގެ ސަރުކާރުން ކޮށްފައިހުރި ރަގަޅު ކަންކަން ދަމަހައްޓަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް މިއަދު މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު އަސްލަމު ވިދާޅުވީ، ކުރީގެ ސަރުކާރުން ކޮށްފައިހުރި ރަގަޅު ކަންކަން ރޫޅައިލުމުގެ ބަދަލުގައި އެކަންކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.

"ކުރީގެ ސަރުކާރުން ރަނގަޅަށް ކޮށްފައި ހުންނަ ކަންތައްތަކަކީ ރޫޅާލަން ޖެހޭނެ ކަންތައް ތަކެއް ނޫން. ދަމަހައްޓައި އިތުރަށް ތަރައްގީ ކުރަން ޖެހޭ.'' އަސްލަމް ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ވިހި މިނެޓުން ދެވޭ ރާސްތާއެއްގައި ވައިގެ ބަނދަރެއް އޮތުންކަމަށާއި މި ސިޔާސަތު ހާސިލުކުރުމަށް އަދިވެސް އެއާޕޯޓުތައް އަޅަންޖެހޭ ކަމަށް އަސްލަމު ވިދާޅުވިއެވެ.

"އިތުރަށް އެއާޕޯޓު އަޅަންޖެހޭހައެއްކަ ވައިގެބަނދަރުތަކުގެ މަސައްކަތް ފެށުން." އަސްލަމު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ރަށްތައް ކަނޑުމަގުން ޕަބްލިކް ޓްރާންސްޕޯޓު ނިޒާމަކުން ގުޅާލުމަށް ކަމަށެވެ.

Advertisement

ކޮމެންޓް