Advertisement

ނިމާލާއި އަލީ އާދަމަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެނީ

05 Dec 2019 | 17:51

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލަށާއި ޕީޕީއެމްގެ ކައުންސިލު މެންބަރު އަލީ އާދަމަށް، ސީދާ ހަރަކާތުގެ ތެރެއިން އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ. 

ސީދާ ހަރަކާތުގެ ތެރެއިން ނިމާލާއި އަލީ އާދަމް ހޮސްޕިޓަލަށް ގެންދިޔައީ އެންބިއުލެންސްގައެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލު ވިދާޅުވީ، ނިމާލު ފަހަތަށް ވެއްޓުމުގެ ސަބަބުން އޭނާގެ ކޮނޑުހުޅަށް ތަދުވެފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ ފުލުހުން، އަލީ އާދަމް އަތުގައި ހިފައި ކުއްލިއަކަށް ފަހަތަށް ދަމައިގަތުމުން އޭނާގެ ކޮނޑުހުޅަށް ވަރަށް ބޮޑަށް ތަދުވެފައިވާކަމަށް ޝަކީލު ވިދާޅުވިއެވެ.

ޝަކީލު ވިދާޅުވީ، މިރޭގެ ހަރަކާތުގައި ނުވަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންނަށް ގާނޫނީ އެހީތެރިކަން ދިނުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

މީގެއިތުރުން ޗެނަލް ތާޓީންގެ އަންހެން ނޫސްވެރިޔަކު ފާސް ދެއްކުމުން މުޒާހަރާ ކަވަރު ކުރުމުގެ ފުރުސަތު އޭނާ އަށް ނުދީ، ފުލުހުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ޗެނަލް ތާޓީނުން މައުލޫމާތު ދެއެވެ.


Advertisement

ކޮމެންޓް