Advertisement

މުއުތަސިމާއި ސުއޫދަށް ޖޭއެސްސީން ތާއިދުކޮށްފި

02 Dec 2019 | 00:30

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި އަލްއުސްތާޛު އަހުމަދު މުޢުތަސިމް އަދުނާންގެ ނަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ތާއިދުކޮށްފިއެވެ.

ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާާރުކަމަށް މުއުތަސިމްގެ އިތުރުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލްއުސްތާޛު ހުސްނުއްސުއޫދު އައްޔަންކުރުމަށް ފެންނަކަމަށްވެސް ބުނެފައެވެ.

އެ ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމާށް ކުރިމަތިލީ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި ނަންފުޅުތަކާއި އެކު، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމަށާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓުކުރެވުނު ފަރާތްތަކާ އިންޓަވިއުކުރުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ކޮމިޝަނުން ބަލައިގަނެ، އެ ރިޕޯޓުގެ އަލީގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ނިންމާފައިވާކަމެވެ.

އެގޮތުން މުުުއުތަސިމް އާއި ސުއޫދުގެ ނަމަކީ ހައިލީ ރެކޮމެންޑެޑް ދެ ނަންކަމުގައި ރައީސް ޞާލިހަށް ލަފާ އެރުވުމަށް ވަނީ ނިންމާފައެވެ.

މިއާއިއެކު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވަނީ މި ދެބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް