Advertisement

ބީއެމްއެލްއިން އަންނަ އަހަރު ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

04 Dec 2019 | 11:28

ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލް އަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ބޭންކިންގ ހިދުމަތްތަކަށް ބޮޑު ބަދަލެއް ގެނެސް މާލޭގެ އެކި ސަރަހައްދުތަކުގައި ވަކި ވަކި ހިދުމަތްތަކަށް ހާއްސަ ސެންޓަރު ތަކެއް ގާއިމް ކުރުމަށް ހަމަޖައްސައިފިއެވެ.

މިގޮތުން ޖަނަވަރީ 2020 ގައި މުޅިން އަލަށް އެކައުންޓް ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް ހުޅުވުމަށްވަނީ ނިންމާފައެވެ. އަދި މި ސެންޓަރުތައް މެދުވެރިކޮށް ޕާރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅޭނެއެވެ.

މި ފެށިގެންދާ އައު އަހަރާއެކު، މުޅިން އަލަށް ޑިޖިޓަލް ބްރާންޗެއް މަޖީދީ މަގުގައި ހުޅުވިގެންދާނެއެވެ. މި ސެންޓަރު ވެގެންދާނީ އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާ ސެންޓަރަކަށެވެ. މި ބަދަލާއެކު، މިހާރު ހިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ހިދުމަތް 2 ފެބްރުއަރީ 2020 ފެށިގެން މެދުކަނޑާލެވިގެން ދާނެއެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ހުޅުވުމަށް ކަނޑައެޅިފައިވާ އާ އެކައުންޓް އޯޕަނިންގ ސެންޓަރާއި ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ. އަދި ޑިޖިޓަލް ބްރާންޗާއެކު ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެ"

ކައުންޓަރުން ފޯރޮކޮށްދެވޭ ފައިސާގެ މުއާމަލާތްތައް ނުހިމެނޭ އެހެން ހުރިހާ ހިދުމަތެއް އަލަށް ހުޅުވިގެންދާ އެކައުންޓް އޯޕަނިންގ ސެންޓަރާއި، ލޯން ސެންޓަރާއި، އަދި މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަސްޓަމަރ ސާރވިސް ސެންޓަރާއި ބިސްނަސް ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެއެވެ. ފައިސާގެ މުއާމަލާތްތައް ހިމެނޭ ހިދުމަތްތައް މަލޭގައި މެއިން ބްރާންޗް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެއެވެ.

Advertisement

ކޮމެންޓް