ރައީސް ސޯލިހަކީ އަޅުގަނޑު ކަހަލަ ރާއްޖެތެރޭ ސޮރެއް: ގާސިމް

04 Dec 2019 | 18:26

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ކަހަލަ ރާއްޖެތެރޭ ބޭފުޅެއް ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ސޯލިހަށް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އުޅެ ބޮޑުވި ގޮތް ވަރަށް ރަގަޅަށް އެނގިވަޑައި ގަންނަވާނެ ކަމަށެވެ.

މީގެކުރިން ރާއްޖޭގެ ވެރިކަން ކުރެއްވީ މާލޭގެ ބޭފުޅުންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ބައެއް ވެރިން އެބޭފުޅުންގެ ވެރިކަމުގައި ތަދުމަޑުކަމުގެ ދުވަސްވަރު ބަނޑަށް މަރުވި ހަބަރު ލިބިވަޑައިގަތުމުން އެމީހާގެ ނިކަމެތި ކަމަށް މަލާމާތް ކުރައްވާފައިވާކަމަށެވެ.

ރައީސް ސޯލިހަކީ އެފަދަ ބޭފުޅަކަށް ނުވާނެ ކަމަށް ގާސިމު ވިދާޅުވިއެވެ.

''ބައިނަލް އަގްވާމީ ދުވަހެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އަޅުގަނޑުމެންގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އެދަނީ އެކަން ކޮށްދެއްވަމުން. އިހުލާސްތެރިކަމާ އެކު އެފަދަ މީހުންގެ ނިކަމެތި ކަމުގައި ދެވަނަ ފަހަރަށް އައިސް ޓަކި ޖަހަން ނުޖެހޭ ގޮތަކަށް.'' ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން މިރޭގެ ވާހަކައިގައިވެސް ގާސިމް ވަނީ އިންކަމް ޓެކްސް ނަގާއިރު އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ޓެކްސް ނެގުމަށް ރައީސް ސޯލިހަށް އިލްތިމާސްކުރައްވައިފައެވެ.

''އިސްލާމް ދީނުގައި މުދަލު ޒަކާތް ނެގުންވެސް ﷲ ވަހީކުރައްވާފައިވަނީ ނިސޯބު ހަމަވެއްޖެއްޔާ. އެހެންވީމާ މިދަރުސުން ފިލާވަޅު ލިބިގަންނަންޖެހޭ.'' ގާސިމު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް