އެސޯސިއޭޓެޑް ޕްރެސްއިން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ގެނައީ ގޯސްކޮށް: ޚާރިޖިއްޔާ

06 Dec 2019 | 22:23

ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް އަދާކުރަންޖެހޭ ދަރަނިތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިކަމަށްބުނެ އެސޯސިއޭޓެޑް ޕްރެސްއިން ލިޔުނީ ވާހަކަފުޅު މިނިސްޓަރގެ ވާހަކަފުޅު އޮޅޭގޮތަށްކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.

ޚާރިޖިއްޔާއިން މިހެން ބުނެފައިވަނީ މިރޭ ކުރި ޓްވީޓްތަކެއްގައެވެ.

އެފަރާތުން ބުނީ އޭޕީއާއި އެކު އޮތް އިންޓަރވިއުގައި ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް އަދާކުރަންޖެހޭ ދަރަނިތައް ރީސްޓްރަކްޗަރކުރުމާާއި ގުޅޭގޮތުން މިިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވާފައި ނުވާނެކަމަށާއި ނަމަވެސް ކުރީ ސަރުކާރުން ވަކި އުސޫލެއްނެތި ނަގާފައިވާ ދަރަނިތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާނެކަމަށެވެ.

އަދި މީގެ އިތުރުން ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ ދެގައުމާއި ގުޅުންހުރި އެކި ދާއިރާތަކުން ވާހަކަދެއްކޭނެ ފަދަ ހަރުދަނާ އަދި ބަދަހި ގުޅުމަކަށް ވެގެންދާާނެކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިކަަމަށް ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ. އަދި މި ގުޅުން ރައީސް ޞާލިހުގެ ޒައާމަތުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިކަމަށްވެސް ވަނީ ބުނެފައެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި ޝާހިދާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ވަނީ ދިވެހިރާއްޖެ ނާޒުކު ފައްތަރަކަށް ލާފައިވާތީ، ޗައިނާާއިން ނަގާފައިވާ ދަރަނި ރީސްޓްރަކްޗަރކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް