Advertisement

އެންމެ އުފާވަނީ ނުކުރެވޭނެކަމަށް މީހުން ގޮންޖަހާފައިވާ ކަންތައްތައް ހާސިލުވުމުން:ރައީސް

21 Sep 2018 | 23:43

އެންމެ އުފާވަނީ ނުކުރެވޭނެކަމަށް މީހުން ގޮންޖަހާފައިވާ ކަންތައްތައް ހާސިލުވެގެން ދިއުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ޕަބްލިކް ސާވިސް މީޑިޔާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

މިއިންޓަވިއުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވަނީ ރައްޔިތުންނަށް ދަތިވެފައިހުރި މައްސަލަތަކަށް ހައްލު ހޯދައިދެވި ޤައުމުގެ ތަރައްޤީއަށްޓަކައި ކޮށްދެވުނު ބޮޑެތި މަޝްރޫޢުތައް ފެނިވަޑައިގެންނެވުމުން ކަމަށެވެ. އަދި އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަންވަނީ އަބަދުވެސް ޗެލެންޖިން، ވަރުގަދަ މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އެއްވެސް ކަމެއް ކޮންމެ ގޮތަކަށް ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ސިޔާސީގޮތުން ކުރިމަތިވެވަޑައިގެންނެވި އެންމެ އުނދަގޫ ނިންމެވުމަކީ ކުރީގެ ރައީސް މައުމޫނު ކުރައްވާފައިވާ ކަންތައްތަކަށް އަޅަންޖެހުނު ފިޔަވަޅެއްކަމަށެވެ.

Advertisement

ކޮމެންޓް

Advertisement