Advertisement

ވައިފައި ކޯލިންގްގެ ޚިދުމަތާއި އެކު އުރީދޫ އާ ފަންތިއަކަށް!

07 Dec 2019 | 14:37

ވައިފައި ކަނެކްޝަނެއް މެދުވެރިކޮށް، އެންމެ ސާފު ކޮލިޓީގައި ވޮއިސް ކޯލް ކުރެވޭ "ވައިފައި ކޯލިންގ" (ވޮއިސް އޯވަރ ވައި-ފައި ނުވަތަ ވޮވައިފައި) އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފިއެވެ.

މި ޚިދުމަތް އިއުލާން ކުރެވިގެން ދިޔައީ އުރީދޫ ކަލަރ ރަން މިއުޒިކް ޝޯގެ ތެރެއިންނެވެ. މި ހަފްލާގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ، އޮނަރަބްލް މަލީހް ޖަމާލް އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗެއަރމަން އިލްޔާސް އަހްމަދު ބައިވެރިވެޑައިގެންނެވިއެވެ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ ގުޅޭ ތަފާތު ޚިދުމަތްތައް ތަޢާރަފްކޮށް، އުރީދޫ ނެޓްވާރކް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިކަމަކަމެއް ގެނެސްދިނުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ވައިފައި ކޯލިންގ (ވޮވައިފައި) އަކީ މޮބައިލް ކަވަރޭޖް ލިބުން ދަތި ހިސާބުތަކުގައާއި ފޯން ފްލައިޓް މޯޑްގައި ބޭނުންކުރަންޖެހޭ ވަގުތުތަކުގައި، ވައިފައި ނެޓްވާރކެއް މެދުވެރިކޮށް ކޯލްކޮށް އަދި ކޯލް ރިސީވްކުރުމުގެ ފަސޭހަކަން ލިބިދޭ ޚިދުމަތެކެވެ.

"ކަސްޓަމަރުންގެ އިތުރުވަމުން އަންނަ މުވާސަލާތީ ބޭނުންތަކާއި ގުޅޭގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ އިންވެސްޓްކުރަމުން. އެންމެ ދަތި އުނދަގޫ ހިސާބުތަކުގައިވެސް އެންމެ ސާފު ކޮލިޓީގައި ވޮއިސް ކޯލް ކުރުމުގެ ފަސޭހަކަން ފޯރުކޮށްދޭ ވައިފައި ކޯލިންގ ރާއްޖެއަށް ތަޢާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ޚިދުމަތް އުރީދޫގެ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޖާޗަކާއި ނުލާ މިހާރު ލިބިވަޑައިގަންނަވާނެ." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

މި ޚިދުމަތް ބޭނުންކުރެއްވުމަށްޓަކައި، ފޯނުން އެންމެ ފަހުގެ ކެރިއަރ އަޕްޑޭޓް ކުރަން ޖެހޭނެއެވެ. އައިފޯން ބޭނުންކުރައްވާ ފަރާތްތަކަށް އައިއޯއެސް ވަރޝަން 13.2 ނުވަތަ އެއަށް ވުރެ މަތީގެ ވަރޝަން އެއް މި ޚިދުމަތަށް ބޭނުންވާއިރު، ހުއާވޭ ކަސްޓަމަރުންނަށްވެސް އެންމެ ފަހުގެ އެންޑްރޮއިޑް އަޕްޑޭޓް މި ޚިދުމަތަށް ބޭނުންވާނެއެވެ.

އުރީދޫއިން ބުނިގޮތުގައި ވައިފައި ކޯލިންގ ގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ އުރީދޫ 4G ސިމް ބޭނުންކުރައްވާ، VoLTE ޚިދުމަތް އެކްޓިވޭޓް ކުރައްވާފައިވާ ކަސްޓަމަރުންނަށެވެ. މި ޚިދުމަތް، *929*6*8# އަށް ގުޅުއްވައިގެން ފަސޭހަކަމާއި އެކު އެކްޓިވޭޓްކުރެވޭނެއެވެ.

Advertisement

ކޮމެންޓް