އަންހެނުންނަށް ކައުންސިލުތަކުން ގޮނޑިތައް ބަހާފައިވާގޮތް އީސީން ހާމަކޮށްފި

07 Dec 2019 | 16:47

ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލުތަކުގައި އަންހެނުންނަށް ގޮނޑިތައް ބަހާފައިވާ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެސިޓީގެ ހަ ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައެވެ. އަދި އައްޑޫ ސިޓީއަށް ހަތަރު ގޮނޑި އާއި ފުވައްމުލަކު ސިޓީއަށް ދެ ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައެވެ.

އޭގެއިތުރުން 3000 އަށް ވުރެ އާބާދީ މަދު ކައުންސިލްތަކުން ދެ ގޮނޑި، އަދި އެއަށްވުރެ އާބާދި ބޮޑު ރަށްތަކުގެ ކައުންސިލްތަކުން ތިން ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައި ވެއެވެ.

ކައުންސިލުތަކުގެ 33 ޕަސެންޓް އަންހެނުންނަށް ދިނުމަށް ލާމަރުކަޒީ ގާނޫނަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްލާހު ގެނެސްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ގެނައި އިސްލާހާއެކު މާލޭސިޓީ އަށާރަ ދާއިރާ އަށް ބެހުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement