Advertisement

ބިޒްނަސް ކުލާހުން 60 ޑޮލަރު، ފަސްޓް ކުލާހުން 90 ޑޮލަރު ނަގަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

11 Dec 2019 | 04:08

އެއާޕޯޓުން ފުރާ މީހުންގެ އަތުން ބިޒްނަސް ކުލާހުން 60 ޑޮލަރު، ފަސްޓް ކުލާހުން 90 ޑޮލަރު ނަގަން، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. ނަމަވެސް ބިލުގެ އަމަލީ މަސައްކަތް ފެށޭނީ ދެން އަންނަ އަހަރުގެ ފުރަތަމަ ދައުރުގައެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅިއިރު، އަންނަ އަހަރުން ފެށިގެން އޭޑީއެފް ބޮޑުކުރަން، އިއްޔެ ފާސްކުރިއިރު ދައުއުލަތުގެ ބަޖެޓްގައިވެސް ވަނީ ހިމަނައިފައެވެ.

ގާނޫނުގައި މިހާރު އޮންނަނީ މިހާރު އެއާޕޯޓުން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، ކޮންމެ ބިދޭސީންގެ އަތުން 25 ޑޮލަރު ނަގާ ގޮތަށެވެ. ނަމަވެސްް ބަޖެޓުގައި ދިވެހިންނާ ބިދޭސީން ތަފާތު ނުވާ ގޮތަށް ޓެކްސް ނެގުމަށް ވަނީ ހިމަނައިފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އޭޑީއެފް ރޭޓު ބޮޑު ކުރެވޭނެހެން ގާނޫނަށް އިސްލާހު ގެނެސް ދިނުމަށް އެދިވަޑައިގެންފައެވެ.

އަމީރު އޭރު ވިދާޅުވެފައިވަނީ، އޭޑީއެފް ނަގާ ރޭޓުތަކަށް ގެންނަ ބަދަލުުން ބަޖެޓަށް އިތުރަށް 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. 

Advertisement

ކޮމެންޓް