ގަތަރާއި އެކު ޚާރިޖީ ގުޅުން އަލުން އިޔާދަކުރުމާއި މެދު އެއްޗެއް ނުބުނާނަން: ރައީސް ނަޝީދު

07 Dec 2019 | 23:35

ގަތަރާއި އެކު ދިވެހިރާއްޖެއިން އަލުން ޚާރިޖީ ގުޅުން ގާއިމްކުރުމާއި މެދު އެއްޗެއް ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަަވައިފިއެވެ.

މިރޭ ކުރިއަށްގެންދިޔަ އާާސްކް ސްޕީކާ ޕްރޮގްރާމްގައި ވަނީ ދެގައުމުގެ ޚާރިޖީ ގުޅުންތައް އަލުން ގާއިމްކުރުމާއި ބެހޭގޮތުން ރައީސް ނަޝީދާއި ސުވާލުކުރިމަތިކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2017ވަނަ އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން ގަތަރާއި އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލުމަށް ނިންމީ އެގައުމުން ނިރުބަވެރިންނަށް ހިތްވަރުދޭ ކަމަށްބުނެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަތަރުގެ ވެރިންވެސް ދެނެވަޑައިގަންނަވާ ކަަމަށާއި އެބޭފުޅުންނަކީ ވަރަށް އެހީތެރި ރަނގަޅުބައެއް ކަމަށެވެ. 

އެގޮތުން ލ.އަތޮޅުގައި ހުންނަ ގަތަރު އަމީރު ސްކޫލާއި، ގަތަރު އެއާވޭޒްގެ ފްލައިޓްތަކުން ދިވެހިރާއްޖެއަށް އެތަކެއް ފަތުރުވެރިންތަކެއް ޒިޔާރަތްކުރުން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޚާރިޖީ ކަންކަން ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއާއި ޚާރިޖީ ވަޒީރު ކަމަށާއި، އެކަމަށް އެމަނިކުފާާނު އެއްޗެއް ވިދާޅުވާން ނުފެންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަނީ ގަތަރާއި އެކު ދިވެހިރާއްޖެއިން ގުޅުން ކަނޑާލުމާއި މެދު ވަރަށް ބޮޑަށް ފާޑުކިޔައި އެކަން ބަލާނެކަމަށް، ސަރުކާރުގައި މިހާރު ތިއްބެވި ފަރާތްތަކުން ބުނެފައެވެ. ނަމަވެސް އެ މަސައްކަތް ކުރެވުނު ކަމަކަށް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް