ކޮކާކޯލާ ކުންފުނިން މިފަހަރު ތައާރަފްކުރަނީ މޮކްޓެއިލްތަކެއް!

08 Dec 2019 | 05:51

މަޝްހޫރު ލުއިބުއިންތައް އުފައްދާ ކޮކާކޯލާ ކުންފުނިން ދިވެހިރާއްޖެއަށް މުޅިން އާ މޮކްޓެއިލްގެ ބާވަތްތަކެއް ތައާރަފް ކޮށްދީފިއެވެ.

އިއްޔެ ސޯލްޓް ކެފޭގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވަނީ މުޅިން އާ ދިހަ ބާވަތެއްގެ މޮކްޓެއިލް ދިވެހިރާއްޖެއަށް ތައާރަފްކޮށް، ރަސްމިއްޔާތުގެ ބައިވެރިންނަށް އޭގެ ތަފާތު ރަހަތައް ދައްކައިދީފައެވެ.

ދިވެހިރާއްޖެއަށް އަލަށް ތައާރަފްކުރެވިގެންދިޔަ މޮކްޓެއިލްތަކަކީ ސްޕައިސީ ޗޮކްލެޓް ކޯލާ، މެލަން މިންޓް ކޫލަރ، ސްޕްރައިޓް ޕޮމަގްރެނޭޓް، ސްޕްރައިޓް އޮރެންޖް ބަބްލީ، ކެރީބިއަން ސަންސެޓް މޮކްޓެއިލް، ލޯންގް އައިލެންޑް އައިސް ޓީ، ކްލެއާވޮއިއޭންސް، ޔުނިކޯން ލެމަނޭޑް، ސޯލްޓެޑް ކެރެމަލް ކޯކްގެ އިތުރުން ބެންޑްރާ ދި މެކްސިކޯ ސްޕްރައިޓް ޕަންޗެވެ.

މި މޮކްޓެއިލްތައް މާލޭގެ ކެފޭތަކުން މިހާރު ލިބެން ހުންނާނެކަމަށް ކޮކާކޯލާ ކުންފުނިން މައުލޫމާތުދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެކުންފުނިން ވަނީ މި މޮކްޓެއިލްތައް ތައްޔާރުކުރާނެގޮތުގެ ތަމްރީންވެސް މާލޭގެ ދިހަ ކެފޭއެއްގެ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް

Advertisement