Advertisement

މެންބަރު ހަސަންޓޭއާއި ވައްޑޭ ނިމިދިޔަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި!

09 Dec 2019 | 12:37

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހުގެ ދައުރު ނިމިފައިވާއިރު، އެދައުރަކީ ރައްޔިތުންނާާއި ގުޅުންހުރި މުހިންމު ބިލްތަކެއް ފާސްކުރެވި ސަރުކާރު ހިންގުމާއި ދައުލަތުގެ ބާރުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ދައުރެކެވެ. މި ދައުރުގައި މިފަދަ ގިނަ މަސައްކަތްތަކެއް ކުރެވުނު، ދައުރުގެ ޖަލްސާތަކަށް ރ.އަތޮޅަށް ނިސްބަތްވާ މެންބަރުން ހާޒިރުވި ގޮތުގެ ތަފާސްހިސާބުތަކަށް ބަލާލަމާތޯއެވެ.

އެގޮތުން އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގައި ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަޑައިގެންފައިވެއެވެ. މި ދައުރުގައި މި ދެބޭފުޅުން ވަނީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރައްވައި، ދާއިރާގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ.

މި ފަރާތްތައް ފިޔަަވައި ދެން ތިބި މެންބަރުންގެ ހާޒިރީގެ ތަފްސީލަށް ބަލާލާއިރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވަނީ ޖެހިޖެހިގެން ތިން ޖަލްސާއަށް ސަލާމްވިދާޅުވެފައެވެ. އަދި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވަނީ ޖެހިޖެހިގެން ދެ ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ރ.އަތޮޅުގެ މެންބަރުންގެ ތެެެރެއިން ޑރ.އާދަމް ޝަރީފް އުމަރު އިންނަވާ މަޑުއްވަރީ ދާއިރާގެ ގޮނޑިއަކީ އެ އަތޮޅުން އިިދިކޮޅަށް ލިބުނު ހަމައެކަނި ގޮނޑިއެވެ. މެންބަރު އާދަމް ޝަރީފްގެ ހާޒިރީއަށް ބަލާލާއިރު، އެބޭފުޅާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ދަތުރުފުޅަކާއި ގުޅިގެން ތިން ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންފައެވެ. ނަމަވެސް ދައުރުގެ ބާކީ ޖަލްސާތަކަށް އެބޭފުޅާ ވަނީ ވަަޑައިގެންފައެވެ.

މި އަހަރުގެ އެންމެ ފަހު ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ 33 ޖަލްސާ ބޭއްވިފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement