އޮރެންޖް މާރޓް ރޯދަ ހަދިޔާއަށް ހޮވުނު ފަރާތްތަކާއި އިނާމް ހަވާލުކޮށްފި

09 Dec 2019 | 05:44

މިރޭގެ އޮރެންޖް މާޓުގައި ކުރިއަށް ގެންދިޔަ ހަފްލާގައި 1437 ވަނަ އަހަރުގެ ރަމަޞާންމަހު އޮރެންޖް މާރޓް އިން ރޯދަ ހަދިޔާގެ ނަމުގައި ހިންގި ލަކީޑްރޯ ޕްރޮމޯޝަންގެ ނަސީބްވެރިންނާއި، އިނާމް ވަނީ ޙަވާލުކޮށްފައެވެ.

އެގޮތުން މި ޕްރޮމޯޝަންގެ 3 ވަނަ އަށް ހޮވުނު އަޙްމަދު ސިނާޒް އަށް އިނާމް ޙަވާލުކޮށް ދެއްވީ ޑެވިނިއޯ ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް އޮޕަރޭޝަންސް އަލްފާޟިލާ އާމިނަތު ޝަހާނާ އެވެ.

ލަކީޑުރޯއިން 2 ވަނަ އަށް ހޮވުނު ފަރާތަށް 32 އިންޗީގެ ޓީވީ އިންޝާ އަޙްމަދު އާޒިމް އަށް ޙަވާލުކޮށްދެއްވީ ޑެވިނިއޯ ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ އަލްފާޟިލް އަޙްމަދު އަމީން އެވެ.

އޮރެންޖް މާޓްގެ މިއަހަރު ރަމަޞާން މަހު ޕްރޮމޯޝަންގެ އެންމެ ސަރަފުވެރި ވަނަ އަށް ހޮވުނު ފަރާތާއި އިނާމް ޙަވާލުކޮށް ދެއްވީ ޤިބްލް ޙައްޖު ޢުމުރާ ގުރޫޕްގެ މެނޭޖިން ޑައިރެކްޓަ އަލްފާޟިލް ޔާމީން އިދްރީސްއެވެ. 1 ވަނައަށް އޮރެންޖް މާޓްއިން މިޕޮރޮމޯޝަންގައި ދީފައިވާ އުމްރާ ދަތުރު ލިބިފައިވަނީ މަރިޔަމް ނަތާޝާ އަށެވެ.

އަލިކިލެގެފާނު މަގު، އާކަކާގޭ 1، ގައި ހުންނަ އޮރެންޖް މާޓްއަކީ އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުރި ފިހާރައެކެވެ.

Advertisement

ކޮމެންޓް