މާލޭގައި އިތުރަށް ޕާކުކުރާނެ ޖާގައެއް ނެތް: ޝިފާ

09 Dec 2019 | 11:08

މާލޭގައި އިތުރަށް ވެހިކަލު ޕާކު ކުރާނެ ޖާގަ މިހާރު ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ މުައައްސަސާތައް ގުޅިގެން މާލެ ސިޓީއަށް އެތެރެވާ ވެހިކަލުތަކަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

މާލެގެ ގޯޅިތައް ފުރިއްޖެކަމަށް ވިދާޅުވެ ޝިފާ އިތުރަށް ވިދާޅުވީ، ކައުންސިލުގެ ނިންމުން ވަރަށް ސާފު ކަމަށެވެ.

''ކައުންސިލުގެ ނިންމުން ވަރަް ސާފު. އިތުރަށް ޕާކު ކުރާނެ ޖާގައެއް ނެތް.'' ޝިފާ ވިދާޅުވިއެވެ.

މާލޭގައި އެކަށީގެން ނުވާ މިންވަރަށް އެއްގަމު އުޅަނދު ބޭނުންކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ޕާކު ކުރާނެ ޖާގަ ނެތުމަކީ ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ. ގަވައިދާ ހިލާފަށް ޕާކު ކުރާމައްސަލަ ބޮޑުވެފައިވާއިރު ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިވެއެވެ. ޕާކުކުރާނެ ތަންނެތުމުގެ ސަބަބުން ގަވައިދާ ހިލާފަށް ވެހިކަލު ޕާކުރެއެވެ.

އަދި އެފަދ ވެހިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހާ މައްސަލަވެސް މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް އައިސްފައެވެ.

އެގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މާލޭގައި ހުރި ދޮޅު ލައްކަ ސައިކަލުގައި ދުވާލަކު ދިހަ އިސްޓިކާ ޖަހައިގެން ދައުލަތުގެ ބަޖެޓު ނެހެދުމަށް ވަކާލާތުކުރަން ޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް