އިމްތިޔާޒު ފަހުމީގެ ބަހުގެ ހަމަލާތަކެއް އިލްމުވެރިންނަށް!

12 Dec 2019 | 09:19

ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އިލްމުވެރިންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ދިނީ އިލްމުވެރިންނަށް ފާޑު ވިދާޅުވެ، އިމްތިޔާޒު ފަހުމީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައެއް ޝެއިހުންނަކީ ދުވަހު ކުލީގެ އިތުރުން، މަހު ކުއްޔަށްވެސް ނަގައިލެވޭ މުޑުދާރު ބައެއް ކަމަށެވެ.

އިންތި ވިދާޅުވީ، ބައެއް ޝެއިހުން ކުއްޔަށް ނެގޭތީ، ދިވެހިން އެމީހުން ބަލައި ނުގަންނަތާ ކިތަންމެ ޒަމާނެއްވެއްޖެ ކަމަށެވެ. އެމީހުން ވާދަކުރި އިންތިހާބުތަކުގައި ޖެހުނީ ސުމެއް ކަމަށްވެސް އިމްތިޔާޒު ވިދާޅުވިއެވެ.

ވަކި ޝެއިހެއްގެ ނަން ވިދާޅުނުވެ އިންތި މިފަދައިން ޓުވީޓު ކުރެއްވިއިރު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޝެއިޚު އިބްރާހީމް މުހައްމަދު ވަނީ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވައި، ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައެވެ.

އޭގެއިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޝެއިޚު އިލްޔާސް ހުސައިން ވަނީ ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.

މިފަދަ މޭރުމަކުން އިލްމުވެރިންނާ މެދު އިންތި ވާހަކަ ދެއްކެވި އިރު، ޝައިޚު އިމްޔާސް ހުސައިން ވަނީ މަޖިލީހުގެ ރައީސް މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތުމާ ގާންދީގެ މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، މަބުގަރާގައި ދުއާކުރުމާއި ގުޅިގެން، ދީނުގައި އެކަން އޮންނަ ގޮތް މިއަދު ހާމަކުރައްވައިފައެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ކިތަންމެ ގާތް މީހަކު ކަމުގައި ވިޔަސް ކުފުރުމަތީ މަރުވެފައިވާ މީހުންނަށް ހެޔޮ ދުއާ ކުރުމަކީ އިސްލާމް ދީން ހުއްދަ ކަމެއް ނޫން ކަމަށެވެ.

Advertisement

ކޮމެންޓް