Advertisement

ގަރުނުގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ރިސޯޓްތަކެއް!

12 Dec 2019 | 07:12

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަންޒިލްތަކާއި ހޮޓެލްތައް ދެނެގަތުމުގެ މަސައްކަތްކުރާ ލަގްޒަރީ ޓްރެވަލް އިންޓަަރނޭޝަނަލް އިން ހޮވި ގަރުނުގެ އެންމެ ފެންވަރު ރަނގަޅު ދިހަ ހޮޓެލްގެ ތެރޭގައި ދިވެހިރާއްޖޭގެ ރިސޯޓްތަކެއް  ހިމެނިއްޖެއެވެ.

 އެ ފަރާތުން ގަރުނުގެ އެންމެ ފެންވަރު ރަނގަޅު ދިހަ ހޮޓަލެއް ވަނީ ހޮވާފައެވެ. މި ލިސްޓްގައި ހިމެނިފައިވަނީ ދިވެހިރާއްޖޭގެ ތިން ރިސޯޓެވެ. އެ ތިން ރިސޯޓަކީވެސް ނ.އަތޮޅުގައި ހިންގާ ރިސޯޓްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އެއީ ނ.ރަންދެލީގައި ހިންގާ ޗެވަލް ބްލެންކް ރަންދެލި، އެ އަތޮޅު މެދުފަރުގައި ހިންގާ ސޮނެވާ ޖާާނީ އަދި ވެލާާ ޕްރައިވެޓް އައިލެންޑެވެ. މި ތިން ރިސޯޓަކީވެސް ލަގްޒަރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތިން ރިސޯޓްކަން ފާހަގަކޮށްލެވެއެވެ.

ދާދިފަހުން ނ.މާާފަރުގައި ވަނީ އިންޓަރނޭޝަނަލް އެއާޕޯޓެއް ހުޅުވާފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ރިސޯޓްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެއެވެ.

Advertisement

ކޮމެންޓް