Advertisement

އަދީބު އަތުން 22މިލިޔަން ރުފިޔާ ނެންގެވިކަމަށްބުނެ އަނިލްގެ މައްސަލައެއް އޭސީސީއަށް!

12 Dec 2019 | 17:09

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން 22މިލިޔަން ރުފިޔާ ނެންގެވިކަމަށްބުނެ، ނިމިދިޔަ ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އަނިލްގެ މައްސަލައެއް އޭސީސީއަށް ހުށައަޅައިފިއެވެ.

އޭސީސީއަށް އިއްޔެ ހުށައެޅި މައްސަލައިގައި ވާާގޮތުގައި އަނިލް ވަނީ ކުރީގެ ނައިބު ރައީސް އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 22 މިލިޔަން ރުފިޔާ ނަންގަވާފައެވެ.

މި ފައިސާއިން އެބޭފުޅާ ކާރަކާއި މެލޭޝިޔާއިން ފްލެޓެއް ބައްލަވައިގަތްކަމަށް މި މައްސަލައިގައި ވަނީ ބުނެފައެވެ. އަނިލްގެ މައްޗަށް ދެ މައްސަލައެއް ހުށައަޅާފައިވާކަން އޭސީސީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެއީ ރިޝްވަތުގެ މައްސަލައިގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލައެއްކަމަށް "މިހާރު" ނޫހުން ވަނީ ބުނެފައެވެ. އެއީ އޭޖީ އޮފީހަށް މުވައްޒަފުން ނެގުމުގައި ސިޔާސީ ފަރާތެއްގެ އެދުމަށް މަގާމުގެ ޝަރުތު ހަމަނުވާ ފަރާތްތައް ނެގުމާއި، ލޯނަކަަށް ސޮވެރިން ގެރެންޓީ ދެއްވުމަށް ރިޝްވަތު ނެންގެވުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަނިލްއަކީ އަދީބާއި ގާތް ގުޅުމެއް ބޭއްވެވި ފަރާތެކެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޚާއްސަ މީޓިންގ ރޫމަށް ވަނުމުގެ ހުއްދަ އޮންނަ މަދު ފަރާތްތަކުގެ ތެރޭގައި އެބޭފުޅާވެސް ހިމެނެއެވެ. 

Advertisement

ކޮމެންޓް

Advertisement