މާލޭގެ ބޮޑެތި މިސްކިތްތަކުގެ މަސައްކަތް ހުއްޓިފައި، އިސްލާމިކް މިނިސްޓްރީގެ ޖަވާބެއް ނެތް

12 Dec 2019 | 19:10

މާލޭގައި ހުރި ބޮޑެތިމިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަންދުކޮށްފައި ހުންނަތާ އެތައް ދުވަހެއް މިވަނީ ވެފައެވެ.

ފަހަކަސް އައިސް މިސްކިތްތަކުގެ މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. އެގޮތުން ޒިކުރާ މިސްކިތާއި މާފަންނު އާ މިސްކިތާއި މާވެޔޮ މިސްކިތްވެސް މަރާމާތަށް ބަންދުކުރި ގޮތަށް އަދިވެސް ހުރީއެވެ. މަސައްކަތްކުރާތަނެއް ނުފެނެއެވެ.

މިސްކިތްތަކުގެ މަސައްކަތް ހުއްޓި، އެކަން ދިގުލައިގެން ގޮސްފައިވާތީ އެކަމާ ބެހޭ މައުލޫމާތު ސާފުކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ތަކުރާރުކޮށް، ތިން ދުވަސް ވަންދެން ގުޅުމުންވެސް އެކަމަށް ދޭނެ ޖަވާބެއް ނެތެވެ.

މަސައްކަތްތައް ގޮސްފައިވާ މިންވަރު ބެލުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ފުރަތަމަ ދުވަހު ވިދާޅުވި ނަމަވެސް އޭގެ ފަހުން ދެ ދުވަސް ވީއިރުވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މާލޭގެ ބައެއް މިސްކިތްތައް މަރާމާތަށް ބަންދުކޮށްފައި ހުރުމުން އެކަމުގެ ދަތިތައް ކުރިމަތިވަމުންދާތީ އާންމުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

Advertisement

ކޮމެންޓް