Advertisement

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުގެންދާނަން: ރައީސް ނަޝީދު

13 Dec 2019 | 18:50

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާއިމްކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުގެންދާާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިންޑިޔާާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ ވެރިރަށް ނިއުދިއްލީގައި މީޑިޔާގެ ފަރާތްތަކާާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ލޯނު އެހީތަކަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ އެ ލޯނުތަކުގެ އަދަދާއި ބަލާއިރު އެ ލޯނުތަކުން ގާއިމްކުރާ ހަރު މުދަލުގެ އަގު ކުޑަވެގެންދިޔުންކަމަށް ވިދާޅުވިއެވެ. އަދި ޗައިނާގެ ލޯންތަކަކީ "ޑެބްޓް ޓްރެޕް" ނުވަތަ ލޯނު އަނބުރާ ނުދެއްކޭ ވަރަށް ލޯނު ދިނުމަށްފަހު ގައުމުގެ ހަރުމުދާ އަތުލަން ދޫކުރާ ލޯންތަކެއްކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާއަށް ދިވެހިރާއްޖެއިން ބޮޑު ދަރަންޏެއް އަދާކުރަން ޖެހިފައިވާ ކަމަށާއި، އެމަނިކުފާނު ވިދާޅުވާާ އަދަދު ޗައިނާއިން ދޮގުކުރާނެކަން އެނގިވަޑައި ގަންނަވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ދެގައުމުގެ ދެމެދުގައި ގާއިމްކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އެކު ކުރިއަށް ނުދާނެކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް