ރާއްޖެއިން ބޭނި ފާނަތަކެއްގެ ބަނޑުގައި ޑަސްޓްބިން ކޮތަޅު!

01 Nov 2018 | 09:45

ރ އަތޮޅު ބެރިޔަންފަރު ބޭރުން ބޭނި ކަމަށް ބުނާ ފާނަތަކެއްގެ ބަނޑުން ކަޅު ކުލައިގެ ޑަސްޓްބިން ކޮތަޅުތަކެއްގެ ބައިތަކެއް ފެނިއްޖެއެވެ.

މީދޫގެ އޮންލައިން ނޫހެއްކަމުގައިވާ މީދޫ ޓައިމްސް އިން އާންމު ކޮއްފައިވާ މިފޮޓޯގައި ފެންނަނީ ފާނަތަކުގެ ބަނޑުގައި ކަޅު ކުލައިގެ ޑަސްޓްބިން ކޮޮތަޅުގެ ބައިތައް ތަތްލާފައިވާތަނެވެ.

މައުލޫމާތު ލިބޭގޮތުގައި މިފަދަ ކަޅުކޮޅު ބެރިޔަންފަރު ކައިރި ރިސޯޓް ތަކުން ކުނި އެޅުމަށް ފަހު އެހިސާބުގަނޑު ކަނޑަށް ދަނީ އަޅަމުންނެވެ. އަދި މިގޮތައް އާންމުކޮން އަޅަނީ ކާބޯތަކެތީގެ ކުުނިކޮތަޅު ކަމަށްވެސްވެއެވެ.

މިގޮތުން މިކުނިތައް ކައިރި ރައްތަކަށް ގޮނޑުދޮށްތަކަށް ލައްގަމުންދާކަމުގެ އެރަށްރަށުގެ ކައުންސިލްތަކަށް ދަނީ ލިބެމުންނެވެ.

މީދޫގެ ފަޅުތެރެއަށްވެސް މިފަދަ ޒާތުގެ ކުނިބުނި ވޭތުވެދިޔަ ހަފްތާގައި ޖަމާވެ ފަޅުތެރެ ތަޣައްޔަރުވި މައްސަލަބަލަމުން ދަނިކޮއް އެ އަތޮޅު ކިނޮޅަހު ކައުންސިލުންވެސްވަނީ އެރަށުގެ ގޮޑުދޮށަށް ރިސޯޓުތަކުން އުކާލާ ކުނި ޖަމާވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކައުންސިލް ތަކުން ބުނަނީ މިފަދަ ޝަކުވާތައް ސަރުކާރުގެ މިނިސްޓްރީތަކަށް ފޮނުވިޔަސް މިކަމަށް އެދެވޭ ހައްލެއް ލިބިގެން ނުދާކަމަށެވެ.

ރިސޯޓުތަކާއި ކައިރި ރަށްރަށުގައި ރައްކާތެރިގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމް ގާއިމުވެފައި ހުންނައިރު މިނިސްޓްރީގެ ގަވާއިދަކުން ނަމަވެސް މިކަހަލަ ގޮތަކަށް ރިސޯޓުތަކުގެ ކުނި ނައްތާލުމުގެ ކަންކަން އިންތިޒާމުކުރެވޭނަމަ ތިމާވެއްޓާ ބީރައްޓެހި މިކަހަލަ ކަންތައް މަދުވާނެކަމަށް ބެލެވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ޕްލާސްޓިކް ފުޅި، ކޮތަޅުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޕްލާސްޓިކް މަދު ކުރުމަށް މިހާރު ރާއްޖޭގެ ސްކޫލް، ކުންފުނި އަދި އޮފީސްތަކުން ދަނީ ބޮޑެތި ކެންޕެއިންތަކެއް ހިންގަގަމުންނެވެ.

Advertisement

ކޮމެންޓް