އެސްޓިއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަލައިދެނީ

15 Dec 2019 | 22:34

އެސްޓީއޯގެ ފިހާރަތަކުން ވިއްކާ ނިޕޯން ޕެއިންޓް ގަތުމުން ކުލަލައިދިނުމުގެ ޚިދުމަތް އެކުންފުނިން ތައާރަފްކޮށްފިއެވެ.

މި ޚިދުމަތް އިފްތިތާހުކުރުމަށް ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެސްޓީއޯ އިން ވަނީ އެތަނުގައި ކުލަލައިދީފައެވެ. އެސްޓީއޯއަކީ ފިޔަވައްޗަށް ހިލޭ ސާބަހަށް ކުލަ ފޯރުކޮށްދޭ ކުންފުންޏެކެވެ.

ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ފައްޓަވައިދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯރގެ، ސީނިއަރ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް މރ. ހެންރީ އަންގ އެވެ.

އެސްޓީއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިިދުމަތް ފަށާފައިވާއިރު އެ ހިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި "ކަލަރ ސްކީމް" އިހްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިންގ ކުލައިން ރައްކާތެރިކޮށްދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުންވެސް ހިމެނެއެވެ.

އެކުންފުނިން މައުލޫމާތު ދޭގޮތުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް

Advertisement