Advertisement

މާލެއަށްވުރެ ރަގަޅަށް ތަރައްގީކޮށްފައި އޮތް ރަށެއް ދުނިޔެއަކު ނެތް: ނަޝީދު

16 Dec 2019 | 14:53

ދުނިޔޭގެ ޖަޒީރާ ރަށްތައް ތަރައްގީކޮށްފައި ހުރި ގޮތަށް ބަލާއިރު ހަގީގަތުގައި މާލެއަށް ވުރެ ރަގަޅަށް ތަރައްގީކޮށްފައިވާ ރަށެއް ދުނިޔޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަރުބާރުގޭގައި ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގައި ޖަޒީރާ ރަށްތައް ތަރައްގީކޮށްފައިވާ ގޮތްތައް ވަރަށް ރަގަޅަށް އެމަނިކުފާނު ބައްލަވައިފި ކަމަށެވެ. އެގޮތުން ހަގީގަތުގައި އެންމެ ރަގަޅަށް ތަރައްގީކޮށްފައިވާ ރަށަކަށް ފެނިވަޑައިގަތީ މާލެ ކަމަށް ވިދާޅުވިއެވެ.

''ޝީޝެލްސް އަށް ބެއްލެވިޔަސް ވެސް، ނުވަތަ ކެެރީބިއަން ބައެއް ރަށްރަށަށް ބެއްލެވިޔަސްވެސް، ނުވަތަ ޕެސިފިކް އައިލެންޑް ގެ ބައެއް ރަށްރަށަށް ބެއްލެވިޔަސް ވެސް، މި ހުރިހާ ތަނަަކާއި އަޅާ ބެލިޔަސް ވެސް، އަޅުގަނޑަށް ޔަގީން ކަށަވަރު، މި ރަށް، މި މާލެ އަށް ވުރެ ރަނގަޅަށް މިކަން ކޮށްފައިވާ ރަށެއް ހަގީގަތުގަ ދުނިޔެއަކު ނެތް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މާލޭގެ އުފެއްދުންތެރިކަން، ޖީޑީޕީއަށް 1967 އިން 1984 އާއި ދެމެދު ދިހަ ގުނަ ނުވަތަ ވިހި ގުނަ މާލޭގެ އުފެއްދުންތެރިކަން އިތުރުކޮށްލި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ 1960 އިން 1980 ގެ ނިޔަލަށް މާލޭގައި ހެދުނީ ބޮޑު ފާލަން ކަމަށެވެ. އަނެއް ފަރާތުން ހެދުނީ ރިސޯޓުތަކުގެ މާލޭ އޮފީސްތައް ކަމަށެވެ.

އަދި މާރުކޭޓާއި ކްއީންއޮފްދަ ނައިޓުގެ އިތުރުން ބާޒާރުމަތިވެސް އޭރު ހެދި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުﷲާނު ވިދާޅުވީ ބަނދަރެއް ހަދަން އުޅުމަކީ ވަރަށް ބޮޑު ގޯީހެއް ކަމަށާއި ހަދަން އުޅެންވީ ބާޒާރުމައްޗެއް ކަމަށެވެ.

''ރަށުގެ ބަނދަރު ބޮޑުކުރަން އެހެން ހަދަން، މިހެން ހަދަން އުޅުމަށްވުރެ އެހުރިފައިސާއަކުން ބަނދަރުމަތި ހަދަން އުޅުން އެއީ އަޅުގަނޑަށް ފެންނަ އެންމެ މުހިންމު އެއްކަންތައް. ގިނަ ރަސްރަށުގައި ނެތް ބަނދަރުމައްޗެއް. މާލޭގައި ބަނދަރުމަތި ހެދީމާ އޭގެ ފަހަތަށް އައީ ވަޑާންގެއާއި ވޯކްޝޮޕްތަކާއި އޭގެ ފަހުން ތަރައްގީވީ. އެހެންވީމާ ރަށްރަށުގައިވެސް ބަނދަރުމަތި ހެދޭނެ ކައުންސިލަށް ދީފައިވާ ބަޖެޓުން.'' ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރެވޭނީ، ބާރުތައް އަތޮޅުތަކަށް ދޫކޮށްލައިގެން ކަމަށާއި، ނަމަވެސް ވެރިކަން ކުރާ ރަށްރަށަށް ލިބިދޭ ބާރުތައް އަތޮޅުގެ އެހެން ރަށްރަށަށް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement