Advertisement

މަސްވެރިންގެ ޕާކު، ފަތުރުވެރިންނަށް

17 Dec 2019 | 15:04

މާލޭގެ އިރު އުތުރު ފަރާތުގައި ހަދާފައިވާ މަސްވެރިންގެ ޕާކު، ފަތުރުވެރިންނަށް ހުޅުވައިލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންނަ ހުކުރު ދުވަހުން ފެށިގެން މަސްވެރިންގެ ޕާކު، ފަތުރުވެރިންނަށް ހުޅުވައިލާފައިވާކަމަށެވެ.

އެގޮތުން މަސްވެރިންގެ ޕާކުގައި ހަދާފައިވާ އިމާރާތުގައި ފަތުރުވެރިންނަށް ހާއްސަ ފާހާނާތަކާއި ގެސްޓް ރިލޭޝަން އޮފީހަކާއި ފަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އިއުލާނުގައި ބުނީ، ފަތުރުވެރިން ގެންނަ އެޖެންޓުންނާއި ކްރޫޒްލައިންތަކުން އަންނަ ފަތުރުވެރިންނަށް މަސްވެރިންގެ ޕާކު ސަރަހައްދުގެ ފާލަމުން މަރުހަބާ ކިޔާނީ ސްޓް ރިލޭޝަން އޮފިސަރުން ކަމަށެވެ.

އެހެންކަމުން މާލޭގެ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން ސިޓީ ކައުންސިލާ ގުޅިގެން މަސްވެރިންގެ ޕާކު ސަރަހައްދު ބޭނުންކުރަން ޝައުގުވެރިވާ ފަރާތްތަކުން ހުކުރު ދުވަހުގެ ކުރިން މާލޭ ސިޓީ ކައުންސިލަށް ލިޔުމުން އެންގުމަށް އިއުޅާނުގައި އެދިފައިވެއެވެ.

މާލޭގެ މަސްވެރިންގެ ޕާކަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ހިތްހަމަޖައްސާލުމަސް މަޑުކޮށްގެން ތިބޭ މައިޒާނެކެވެ. 

Advertisement

ކޮމެންޓް