Advertisement

ދެކުނު ޗައިނާ ކަނޑުގައި ހަނގުރާމައެއް ފެށިދާނެ

31 Oct 2018 | 22:23

ދެކުނު ޗައިނާ ކަނޑުގައި ހަނގުރާމައަކަށް ތައްޔާރުވުމަށް އެގައުމުގެ ރައީސް ޝީ ޒިންޕިންގް، އެގައުމުގެ އަސްކަރިއްޔާގެ މައްޗަށް އަމުރު ކުރައްވައިފިއެވެ.

ސައުތު ޗައިނާާ މޯނިންގް ޕޯސްޓާއި ހަވާާލާދީ ބިޒްނަސް އިންސައިޑަރ އިން ރިޕޯޓްކުރާ ގޮތުގައި ޝީ މިހެން ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ އަމަންއަމާންކަން ބަލަހައްޓާ ސިފައިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގައެވެ. ޝީ ވިދާޅުވި ގޮތުގައި ޗައިނާާގެ ސިފައިންނަކީ އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބެ، ހަމަލާ ދޭންޖެހޭ ހާލަތުގައި، ހަމަލާ ދިނުމުގެ ގާބިލްކަން ތިބި ފަރާތްތަކަށް ވާންޖެހޭކަމަށެވެ. 

މީގެ އިތުރަށް ޝީ ވިދާޅުވީ ސަދަރން ތިއެޓަރ ކޮމާންޑް އަކީ ބޮޑު މިލިޓަރީ ޒިންމާއެއް އޮންނަ ފަރާތަކަށްވުމުން، ކުއްލި ހާލަތު ތަކަށް ތައްޔާރުވެ، ކަންކަން ރާވަން ޖެހޭނެ ކަމަށެވެ.

"ތިއީ ޗައިނާގެ ކަނޑާއި ބިމުގެ ސަރަހައްދު ހިމާޔަތްކުރުމަށް އިސް ސަފުގައި ތިބޭ ފަރާތްތައް. މި މަތިވެރި އަދި މުހިންމު މަގްސަދު އަދާކުރެވޭނެކަމަށް އުއްމީދުކުރަން" ޝީ ވިދާޅުވިއެވެ.

ފަހަކަށް އައިސް ދެކުނު ޗައިނާ ކަނޑުގައި ވަނީ އަސްކަރީ ހަރަކާތްތައް އިތުރުވެފައެވެ. ޗައިނާއާއި އެމެރިކާގެ ހަރަކާތްތައް  ދެކުނު ޗައިނާ ކަނޑުގައި އިތުރުވެފައިވާއިރު، މީގެ ސަބަބުން ކުދި އަސްކަރީ ހަމަނުޖެހުންތައް (އިންޒާރުދިނުން) ފަދަ ކަންކަންވެސް ވަނީ ހިނގާފައެވެ. ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ މިލްކެއް ކަމަށް އެގައުމުން ދަނީ ދައުވާކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement