Advertisement

ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމުގެ މަސައްކަތް ފެށުމަށް ކޮންގްރެސްއިން ފާސްކޮށްފި

19 Dec 2019 | 12:44

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާާމުން ދުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ފެށުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ކޮންގްރެސްއިން ފާާސްކޮށްފިއެވެ.

ކޮންގްރެސްގައި މިއަދު ނެގުނު ވޯޓުގައި އިމްޕީޗްމެންޓް ފެއްޓުމަށް ވޯޓުލާފައިވަނީ 230 ކޮންގްރެސް މެންބަރުންނެވެ. އެކަމާއި ދެކޮޅަށް ވޯޓުލާފައިވަނީ 197 ކޮންގްރެސް މެންބަރުންނެވެ.

ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި އެފަރާތެއްގެ މައްޗަށް އިމްޕީޗްމެންޓް އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ތިންވަނަ ރައީސެވެ. އެބޭފުޅާ އިމްޕީޗްކުރުމަށް ނިންމާފައިވަނީ ކޮންްގްރެސްގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމާއި ބާރުގެ ނަހަމަ ބޭނުންކުރުމުގެ މާއްދާތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.

ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމަށް މަސައްކަތްކުރަމުންދަނީ އެބޭފުޅާ ޔޫކްރެއިންގެ ރައީސާއި އެކު ބޭއްވެވި ފޯން ކޯލެއްގައި ދެކެވުނު ވާހަކަތަކެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެ ފޯން ކޯލްގައި ޓްރަމްޕް ވަނީ ކުރިން އެއްބަސްވެވިފައިވާ އަަސްކަރީ އެހީގެ ޕެކޭޖެއް ދޫކުރުމުގެ ބަދަލުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެގައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ މަަަސްލަހަތު ހިމެނޭ މައްސަަލައެއް ބަލައިދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ޓްރަމްޕް މަގާމުން ވަކިވާނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓުން އެގޮަތަށް ފާސްކުރުުމުންނެވެ. ސެނެޓްގައި މެޖޯރިޓީ އޮތީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އަތުގައެވެ.

Advertisement

ކޮމެންޓް