ރިޔަާސީ އިންތިހާބް 2018 ގެ ވޯޓްލުން ފެށިއްޖެ

23 Sep 2018 | 09:22

ރިޔާސީ އިންތިހާބުގައި 262،135 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. ރާއްޖެ އާއި ބޭރުގެ ހަތަރު ގައުމެއްގައި ޖުމްލަ، 472 ވޯޓު ފޮށި ބަހައްޓާފައިވާ އިރު މާލޭގައި 122 ފޮއްޓެއް އަދި އަތޮޅުތަކުގައި 302 ވޯޓު ފޮށި ބަހައްޓާފައި ހުރެ އެވެ. ރިސޯޓުތަކުގައި 35 ފޮށި ބަހައްޓާފައިވާ އިރު ރާއްޖެއިން ބޭރުގައި ފަސް ފޮށި ބަހައްޓަ އެވެ.

އޭގެ އިތުރުން ޖަލުތަކުގައި ހަތަރު ފޮއްޓާއި، ސިނާއީ ސަރަހައްދުތަކުގައި ވެސް ހަތަރު ފޮށި ބަހައްޓާފައިވެ އެވެ.

އިލެކްޝަން ކޮމިޝަންގެ 3895 އޮފިޝަލުން ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އެވެ. އިންތިހާބު އޮބްޒާވް ކުރަން ރާއްޖެއާއި ބޭރުގެ 2610 ފަރާތެއް ހަރަކާތްތެރިވާ އިރު ލޯކަލް މޮނިޓާޒްގެ ގޮތުގައި 3329 ހަރަކާތްތެރިވާނެ އެވެ.

އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 945 ފަރާތެއް ވެސް ހަރަކާތްތެރިވާނެ އެވެ.

ވޯޓު ކިއުއަށް އެރުމުގެ އެންމެ ފަހު ވަގުތަކީ މިއަދުގެ 16:00 އެވެ.

Advertisement

ކޮމެންޓް