ާލަންކާގެ މަޖިލިސް އަަންނަ ހޯމަދުވަހު އަލުން ފަށަނީ

01 Nov 2018 | 11:47

ރައީސް ސިރިސޭނާއަށް ލިބިފައިވާ ޚާއްސަ ބާރުގެ ދަށުން ހުއްޓުވާފައިވާާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އަންނަ ހަފްތާގެ ހޯމަދުވަހު ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގަައި ހަމަނުޖެހުން އިތުރުވެފައިވާ ސްރީލަންކާގެ ސިޔާސީ މަޝްރަހު ފިނިކުރުމުގެ ގޮތުން ރައީސް ސިރިސޭނާ ވަނީ މިހިނގާ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު މަޖިލިސް ފެއްޓުމުގެ ހުއްދަ ދެއްވާފައެވެ. މަޖިލިސް ފައްޓާ އިރު ބޮޑުވަޒީރުގެ ގޮނޑިކޮޅުގައި އިންނަވާނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ.

ގާާނޫނު ހަދާ މަޖިލިސް އަންނަ ހޯމަދުވަހު އަލުން ފައްޓާއިރު، މަގާމުން ދުރުކުރެވުނު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީ ޕާޓީ އިންވަނީ، އެ ޕާޓީއާއި އަދި ގުޅިފައިވާ އިއްތިހާދަށް މަޖިލީހުގެ މެޖޯރިޓީ ލިބޭނެކަމަށް ބުނެފައެވެ. 

ގާާނޫނީ ސުވާލުތަކެއްގެ ތެރެއަށް ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމު ވެއްޓުނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރި ހިސާބުން ފެށިގެންނެވެ. މި ދަނޑިވަޅުގައި ދެފަރާތުންވެސް ދަނީ ގާނޫނީ ބޮޑުވަޒީރުކަމަށް ދައުވާކުރަމުންނެވެ.


Advertisement

ކޮމެންޓް