Advertisement

ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ، ކުށްތައް ކޮންޓްރޯލް ކުރަން އިސްކަން ދިނުން މުހިންމު: ނާޒިމް

25 Dec 2019 | 00:30

ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ އިސްކަންދޭންވީ، ކުށްކުރުން ހުއްޓުވައި ރީހެބިލިޓޭޝަނަށް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، މާފުށީ ޖަލުގެ ގޮޅިތަކުގައި ޖާގަ ނެތުމުން ބައެއް ގައިދީން ދޫނިދޫ ޖަލުގައި ތިބި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ނާޒިމް ވިދާޅުވީ، ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ، ރީހެބިލިޓޭޝަނަށް އިސްކަންދެއްވައި އަދި ކުށްތައް ކޮންޓްރޯލް ކުރުމުގެ ޕޮލިސީތަކަށް އިސްކަންދިނުން މުހިންމު ކަމަށެވެ. އަދި އެ ޕޮލިސީތައް ތަންފީޒު ކުރެއްވުމަށް ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާނަށް ނާޒިމް އިލްތިމާސް ކުރައްވާފައި ވެއެވެ.

ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ޖަލުތައް ފުރުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭ މާފުށީ ޖަލަކީ 1300 އެއްހާ ގައިދީންގެ ޖާގައިގެ ޖަލަކަށްވީއިރު، އެ ތަނުގައި 2000 އަށްވުރެ ގިނަ ގައިދީން ބަންދުކޮށްފައި އެބަ ތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަށް ސިޔާސީ ބައެއް ފަރާތްތަކުންވެސް ވަނީ ފާޑުވިދާޅުވެފައެވެ.

Advertisement

ކޮމެންޓް