ނޫސްވެރިންނަށް އާރްޓީއައި އެވޯޑު ދޭން ނިންމައިފި

26 Dec 2019 | 13:03

އަންނަ އަހަރު އާރްޓީއައި ފޯމް ބޭނުން ކޮށްގެން މައުލޫމާތު ހޯދައި ހާމަކުރާ ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ''އާރްޓީއައި އެވޯ'' ދޭން ނިންމައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވަނީ ރަގަޅަށް މަސައްކަތް ކުރަމުންގެންދާ މުއައްސަސާތަކާއި މިނިސްޓްރީތަކަށް މީގެ ކުރިން "ރަންވަނަ" އެވޯޑު ދެމުން އަންނަ ކަން ފާހަގަކުރައްވާފައެވެ.

އެނާ ވިދާޅުވީ، އަންނަ އަހަރު އެވޯޑަށް ގާބިލު ފަރާތްތައް ބަލާނީ 2020 ގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. އާރްޓީއައި އެވޯޑު ނޫސްވެރިންގެ އިތުރުން ޖަމިއްޔާތަކަަށް ވެސް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ އަހަރަކު ވެސް މައުލޫމާތު ހާމަ ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ސެޕްޓެމްބަރު 28 ގައި ބާއްވާ ޖަލްސާގެ ތެރެއިން އެވޯޑު ދޭނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި އާރްޓީއައި އެވޯޑުގެ ގޮތުގައި އެންމެ ރަނގަޅު ނޫސްވެރިޔާ އަދި ނޫސް އިދާރާ ހޮވާނެއެވެ. އެއީ މައުލޫމާތު ހޯދައިދިނުމުގެ ގާނޫނުގައި ބުނާ ގޮތަށް މައުލޫމާތު ހޯދާ އެ ލިޔާ ނޫސްވެރިޔާއަށާއި ނޫސް އިދާރާއަށް ދޭ އެވޯޑެކެވެ.

Advertisement

ކޮމެންޓް