ފަލަސްތީނުގެ އާއިލާއެއް ޝަހީދުކޮށްލެވުނީ އޮޅުމަކުން:އިޒުރޭލު

26 Dec 2019 | 14:01

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދިން ހަމަލާތަކުގައި އެއް އާއިލާއަކުން ނުވަ މެންބަރުން ޝަހީދުކޮށްލެވުނީ އޮޅުމަކުން ކަމަށް އިޒްރޭލް ސިފައިން ބުނެފި އެވެ.

އިސްރާއީލުން މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު ދިން ހަމަލާގައި ފަލަސްތީން އޮތޯރިޓީގެ އިސް މެންބަރެއް ކަމަށްވާ ރަސްމީ އަބޫ މަލްހޫސް އާއި އޭނާގެ ކޮއްކޮ މުހައްމަދު ދިރިއުޅޭ ގެއަށް ދިން ވައިގެ ހަމަލާތަކުގައި ރަސްމީ އަބޫ މަލްހޫސް އާއި އޭނާގެ ދެ އަނބިންނާއެކު ޖުމްލަ ނުވަ މީހުން ޝަހީދުވިއެވެ.

އިޒްރޭލުން ބުނެފައި ވަނީ އެއް އާއިލާއަކުން ނުވަ މެންބަރުން ޝަހީދުވީ އޮޅިގެން ދިން ހަމަލާއަކުން ކަމަށެވެ.

އެގޮތުން އިޒްރޭލުގެ އަސްކަރިއްޔާއިން ނެެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަސްމީގެ ގެއަށް ވައިގެ ހަމަލާ ދިނީ އެއީ އިސްލާމިކް ޖިހާދުގެ އަސްކަރީ މަރުކަޒެއް ކަމަށް ހީކޮށް ކަމަށެވެ. އަދި އެ ގޮތަށް މައުލޫމާތު ދީފައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ އިން ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމަލާ ދިނީ އެ ތަނަކީ އިސްލާމިކް ޖިހާދުގެ މަރުކަޒަކަށްވާތީ އެ ތަނަށް އާއްމުން ވަދެ ނޫޅޭނެ ކަމަށް ބަލައިފައި ކަމަށް ވެސް އިޒްރޭލުން ބުނެފައިވެ އެވެ.

އިޒްރޭލް ސިފައިން ބުނެފައި ވަނީ އެ މީހުންނަށް ހެދޭ ގޯހުން ފިލާވަޅު ލިބިގަންނާނެ ކަމަށެވެ.

އިޒުރެޭލުން ފަތަސްތީނަށް ދެމުންދާ ހަމަލާތަކުގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ދަނީ ހިންގަމުންނެވެ. އެގޮތުން ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ގަޔަށް ބަޑިޖަހައި ޝަހީދުކުރަމުންދާއިރު، އެތައް އާއިލާއެއް ޝަހީދުވެގެން ގޮސްފައިވަނީ ގެތަކަށް އަމާޒުކޮށް ދެމުންދާ ވައިގެ ހަމަލާތަކުގައެވެ.

Advertisement

ކޮމެންޓް