Advertisement

މަތިންދާބޯޓުތަކާއި ކުޑަދޮރުގެ ބްލައިންޑްތަކުގެ ވާހަކަ!

13 Jan 2020 | 11:24

މަތިންދާބޯޓުތަކުން ދަތުރުކުރާ ގިނަ ފަރާތްތަކުން އެންމެ ގިނައިން ބޭނުންވާނީ ބޯޓުގެ ކުޑަދޮރާއި ގާތް ސީޓުތަކެވެ. ރީތި ފޮޓޯއެއް ނަގާލުމަށް ނުވަތަ ބޭރުން ގުދުރަތުގެ އަޖައިބުތައް ގާތުން ދެކިލުމަށެވެ. ނުވަތަ ހަަމަ ހިތްހަމަޖެހޭތީވެސް ކުޑަދޮރު ކައިރީގައިވާ ސީޓްތައް ނަގާ ފަރާތްތައް މަދެއްވެސް ނޫނެވެ.

މި ސީޓްތަކުގައި އިށީންނަ ފަރާތްތަކަށް އަބަދުވެސް މަތިންދާާބޯޓުގައި ތިބޭ ފްލައިޓް އެޓެންޑެންޓުންގެ ފަރާތުން އިވޭ އެއްބަހެއް އޮންނާނެއެވެ. ފްލައިޓް ނައްޓާލާ ވަގުތާއި ޖައްސާ ވަގުތުގައި ކުޑަދޮރުގައި ހަރުކޮށްފައިވާ ބްލައިންޑްތައް ތިރިނުކޮށް ބެހެއްޓުމަށެވެ. އަބަދުވެސް ހިތަށް އަރައެވެ. އެއީ ކީއްވެގެން ބުނާ ބަހެއްތޯއެވެ.

ފަތުރުވެރިކަމާއި ދަތުރުފަތުރާއި ގުޅޭ މަޝްހޫރު ވެބްސައިޓެއްކަމުގައިވާ ލޯންލީ ޕްލެނެޓުންވަނީ މި ސުވާލަށް ޖަވާބެއް ދީފައެވެ. އޭވިއޭޝަން ދާއިރާގެ މާހިރެއްކަމުގައިވާ ޖޯން ވެލްޓަންއާއި ހަވާލާދީ އެ ވެބްސައިޓްގައި ވާގޮތުގައި މިފަދައިން އަމަލުކުރަންޖެހެނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިއެވެ.

އޭނާ ބުނިގޮތުގައި ފްލައިޓް ޖައްސާވަގުތާއި ނައްޓާލާ ވަގުތުގައި ކުޑަދޮރުގެ ބްލައިންޑްތައް ތިރިނުކޮށް ބަހައްޓަނީ ތިމާގެ ލޯ ބޭރުގެ އަލިކަމަށް ހޭނުމުގެ ފުރުސަތު ދިނުމަށެވެ. އެގޮތުން ދުވާލުގެ ފްލައިޓެއްނަމަ އަނދިރި ކެބިންއަކުން ކުއްލިއަކަށް ބޭރުގެ އިރުގެ އަލިކަމަށް ލޯ ދިއުމުގެ ފުރުސަތު ނުދިނުމަށާއި އަދި ރޭގަނޑުގެ ފްލައިޓެއްނަމަ ބޭރު ރަނގަޅަށް ފެނުމުގެ ފުރުސަތު ދިނުމުގެ ނިޔަތުގައެވެ.

މީގެ އިތުރުން މި ބްލައިންޑްތައް ހުޅުވާފައި ބެހެއްޓުމުން ކެބިން ކްރޫއިންނަށް ފްލައިޓްއިން ބޭރުގެ ހާލަތު ފެނިގެންދާނެއެވެ. 

Advertisement

ކޮމެންޓް