ރިޔާސީ ދެ ކެނޑިޑޭޓުން ވޯޓު ލައިފި

23 Sep 2018 | 14:13

ތިންވަނަ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު، ރިޔާސީ ދެ ކެނޑިޑޭޓުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވޯޓުލައިފި އެވެ.

ރައީސް ޔާމީން ވޯޓު ލައްވާފައިވަނީ ސީއެޗްއެސްސީގައި ބަހައްޓާފައި ހުންނަ މައްޗަންގޮޅީ އުތުރުގެ ތިން ނަންބަރު ވޯޓު ފޮއްޓަށެވެ.

އިބޫ ވޯޓު ލައްވާފައިވަނީ މާލޭގައި ތިބި ޅ. ހިންނަވަރު ރައްޔިތުންގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން ވޯޓުލުމަށް އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވާ ޅ. އަތޮޅު، މާލެ 1 ނަންބަރު ވޯޓު ފޮއްޓަށެވެ.

މީގެ އިތުރުން އެދެބޭފުޅުންގެ ރަނިންމޭޓުންވަނީ ވޯޓު ލާފައެވެ.

އަދި މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ ވޯޓު ލައްވާފަ އެވެ.

ވޯޓުލުން ވަރަށް ފޯރީގައި ކުރިއަށްދާއިރު، މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ކިޔުގައި އެބަތިއްބެވެ.

Advertisement

ކޮމެންޓް