ރައީސް މައުމޫން ހަސްޕަތާލުން ދޫކޮށްލައިފި

02 Jan 2020 | 11:58

ބަލިހާލުކޮޅު ދަށްވުމުގެ ސަބަބުން ޓެސްޓްތަކެއް ހެދުމަށް އައިޖީއެމްއެޗްގައި އެޑްމިޓްކުރެވުނު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަސްޕަތާލުން ދޫކޮށްލައިފިއެވެ.

މިކަން ހާާމަކުރައްވާ އެމަނިކުފާނު ވަނީ ޓްވީޓެއް ކުރައްވާާފައެވެ.

ރައީސް މައުމޫން ވިދާޅުވީ ދާދިފަހުން ޖެހިވަޑައިގެންނެވި އިންފެކްޝަނުން ރަނގަޅުވެ ވަޑައިގެން، މާތްﷲގެ ރަހުމަތްފުޅާއި އެކު އަނބުރާ ގެއަށް ވަޑައިގަންނަވާފައިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި މެނޭޖްމަންޓްގެ ފުރިހަމަ ޚިދުމަތާއި އެހީތެރިކަމަށް ޝުކުރުވެސް ދަންނަވާފައެވެ.

މައުމޫން އެޑްމިޓްކުރީ މިހާރު ފެތުރެމުންދާ ހުން ރޯގާ ޖެހި، އެކަން ދިގުލައިގެންދާތީ ޓެސްޓްތައް ހެދުމަށެވެ. 

Advertisement

ކޮމެންޓް

Advertisement