މަންޓާއިން އާ އަހަރުގެ މުނާސަަބަތުގައި ފަސިންޖަރުންނަށް ހަދިޔާ ބަހައިފި

02 Jan 2020 | 12:41

ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މަންޓާ އެއާއިން މި ފެށުނު އާ އަހަރު ފަސިންޖަރުންނާއި އެކު ފާހަގަކޮށްފިއެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން އެ އެއާލައިންގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ މަންޓާގެ ސީޕްލޭނާއި މަތިންދާބޯޓުތަކުން ދަތުރުކުރި ފަސިންޖަރުންނަށް މެކަރޫން ޕެކެއް ދީފައިވާނެކަމަށެވެ. މަންޓާ އެއާ އިން މީގެ ކުރިންވެސް ވަނީ މިފަދަ ޚާއްސަ ދުވަސްތަކުގެ މުނާސަބަތުގައި ފަސިންޖަރުންނަށް ހަދިޔާ ބަހާފައެވެ.

މަންޓާ އެއާއިން މިހާރުވެސް ރާއްޖޭގެ ތިން މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ބާއްވައެވެ. އެއީ ދަރަވަންދޫ، ކުޑަހުވަދޫ އަދި ކޫއްޑޫއެވެ. 

މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު އެ އެއާލައިނުން ވަނީ ސީޕްލޭން ދަތުރުތައްވެސް ފަށާފައެވެ.

Advertisement

ކޮމެންޓް