ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވައިލި މުއްދަތު އިތުރުކޮށްފި

06 Jan 2020 | 11:05

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު އިތުރުކޮށްފިއެވެ.

ޕީޕީއެމުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ 13 ގައެވެ. މިދިޔަ މަހުގެ 13 އިން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފައި އޮތް ނަމަވެސް އިއްޔެ ވަނީ އެމުއްދަތު މިމަހުގެ 13 އަށް އިތުރުކޮށްފައެވެ.

ޕީޕީއެމް އާއި ޕީއެންސީން ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 24 ގައި ބާއްވަން ވަނީ ނިންމާފައެވެ. ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބޭނީ ޖެނުއަރީ 17 ގެ ކުރިން ޕާޓީގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

ޕީޕީއެމް، ޕީއެންސީން ވަނީ ކައުންސިލު އިންތިހާބުގައި ހުރިހާ ދާއިރާ ތަކަށް ވާދަކުރަން ފުރުސަތު ހުޅުވައިލާފައެވެ.

Advertisement

ކޮމެންޓް