ހުޅުމާލެ ދާއިރާގެ އެމްޑީޕީ ޕްރައިމެރީއަށް ވާދަކުރި ފުރަތަމަ އަންހެން ކެންޑިޑޭޓަކަށް ރިޒްނާ ޒަރީރު!

06 Jan 2020 | 23:43

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމެރީއަށް ވާދަކުރި ފުރަތަމަ އަންހެން ކެންޑިޑޭަޓަކަށް ރިޒްނާ ޒަރީރު ވެއްޖެއެވެ.

ރިޒްނާގެ ތާއިދު ފޯމް ހުށައަޅާފައިވަނީ ހުޅުމާލޭ ދާއިރާގެ 200 މެންބަރުންގެ ސޮޔާއި އެކުގައި ހޯމަ ދުވަހުގައެވެ.

ފާއިތުވި 13 އަހަރު ނޫސްވެރިކަމުގެ ދާއިރާގައި ބުރަ މަސައްކަތެއް ކޮށްފައިވާ ރިޒްނާއަކީ ސިޔާސީ، އިޖްތިމާއީ، އަދި ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާގެ ހަބަރުތައް ކަވަރު ކުރުމަށް އިސްދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެކޮޅަށް އެޅި ހުރިހާ ހުރަސްތަކަށް ގޮންޖަހާލާ ސާބިތުވެ ކެރިގެން ނިކުމެ ރައްޔިތުންގެ ހަބަރު ގެނެސްދިނުމުގައި ރިޒްނާ ވަނީ މަސައްކަތްކޮށްފަައެވެ.

އަދި އަލަށް ވިޔަފާރިއަށް ނިކުންނަ ފަރާތްތަކަށް އެވިޔަފާރިތައް ކުރިއެރުވުމަށް އެފަރާތްތަކުގެ ހަބަރު ގެނެސްދިނުމުގައި ހަރާކާތްތެރިވެފައިވާ ފަރާތެއްވެސްމެއެވެ.

ހަބަރު ކިޔުމުގައި ހުރި ހުނަރުވެރިކަމާއި އެކު އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ރިޒްނާ "ވޮއިސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ ހުުޅުމާލޭގައި ދިރިއުޅެމުންދާތާ ރައްޔިތެއްގެ ހައިސިއްޔަތުން މިވަގުތު ރައްޔިތުންނާއި ގުޅިގެން ހުޅުމާލޭގައި ރައްޔިތުންގެ ނިޒާމެއް ޤާއިމް ކުރެވިދާނެ ކަމަށް ފެންނާތީ އެދާއިރާއަށް ކުރިމަތިލާން ނިންމީ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ބަސް އަޑުއަހާ އެކަން އިއްވާނެ މީހެއްގެ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު މަސައްކަތްކޮށްދޭނެ ކަމަށާއި، ލާމަރުކަޒީ ޤާނޫން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރައްޔިިތުންނާއި ކައިރިން ފޯރުކޮށްދެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމެރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް