ކުޅުދުއްފުށީގެ މެދު އުތުރާއި މެދު ދެކުނު ދާއިރާ އަންހެނުންނަށް ޚާއްސަ!

10 Jan 2020 | 23:37

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށި ސިޓީން އަންހެނުންނަށް ޚާއްސަކުރެވޭ ދެ ދާއިރާ ކަނޑައަަޅައިފިއެވެ.

މި ދެ ދާއިރާ ކަނޑައަޅާފައިވަނީ މިރޭ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާާތެއްގައެވެ. ގުރުއަތު ނަގައިގެން، ކުޅުދުއްފުށީގައި އަންހެނުންނަށް ކުރިމަތިލެވޭގޮަތަށް ޚާއްސަކުރެވުނު ދެ ދާއިރާއަކީ ކުުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭގޮތުގައި ކުޅުދުއްފުށި ސިޓީގައި ހަ އިންތިޚާބީ ދާއިރާ އޮންނާނެއެވެ. އެއީ:

ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)

ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)

ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)

ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)

ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)

ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)، މިއެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މޭޔަރާއި ކައުންސިލަރުކަމަށް ވޯޓުލުމުގެ އިތުރުން ކުޅުދުއްފުށި ހިމެނޭ އިދާރީ ދާއިރާ، ހދ. އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވެސް އެ ސިޓީގެ ރައްޔިތުން ވޯޓު ދޭންޖެހެއެވެ.

Advertisement

ކޮމެންޓް