Advertisement

ކެމްޕޭނަށް ސަރުކާރުން ހަރަދެއް ނުކުރަން، ހަރަދުކުރަނީ އެމްޑީޕީން: ހަސަން ލަތީފު

12 Jan 2020 | 15:55

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭން ކުރަނީ ސަރުކާރުގެ ހަރަދުގައި ނޫން ކަމަށާއި އެކަމަސް ހަރަދުކުރަނީ އެމްޑީޕީގެ ފައިސާ ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ކެމްޕޭނަށް ދައުލަތުގެ ފައިސާ ހަރަދުކުރާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފައި ވަނިކޮށެވެ.

އެކަމާއި ގުޅިގެން ހަސަން ލަތީފު މިއަދު ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭން ދަތުރުތަކަށް ހަރަދު ކުރާނީ އެމްޑީޕީ އިން ކަމަށެވެ.

އަދި އެކަމަށް ސަރުކާރުން ހަރަދު ނުކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، ކެމްޕޭން ހަރަކާތްތަކުގައި ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބޭ ކަމަށެެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމަށް އެމްޑީޕީން ވަނީ ކެމްޕޭން ހަރަކާތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ފަށައިފަ އެވެ. ކައުންސިލް އިންތިހާބުގެ 980 މަގާމަށް 1300 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

Advertisement

ކޮމެންޓް

Advertisement