މިރޭ 7:00 ޖަހަންދެން ވޯޓުލުން ކުރިއަށްގެންދަން ނިންމައިފި

23 Sep 2018 | 20:03

މިރޭ 7:00 ޖަހަންދެން ވޯޓުލުން ކުރިއަށްގެންދަން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ސްޕޯކްސްޕާސަން އަހުމަދު އަކްރަމް ވިދާޅުވީ ވޯޓުލުމުގެ ވަގުތު މިރޭ 7:00 އާ ހަމަޔަށް ދަންމާލަން ނިންމާފައި ވަނީ އެހެން އިންތިހާބުތަކާ ހިލާފަށް ވަރަށް ގިނަ މީހުން ނިކުމެ ވޯޓުލަމުން ދާތީ ކަމަށެވެ. އެގޮތުން މިހާރު ވެސް 42 ޕަސަންޓު މީހުން ވޯޓުލާފައިވާއިރު އަދިވެސް ގިނަ ބަޔަކު ވޯޓުލުމަށް ކިއޫގައި ތިބި ކަމަށް އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި 262،135 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. ރާއްޖެ އާއި ބޭރުގެ ހަތަރު ގައުމެއްގައި ޖުމްލަ، 472 ވޯޓު ފޮށި ބަހައްޓާފައިވާ އިރު މާލޭގައި 122 ފޮއްޓެއް އަދި އަތޮޅުތަކުގައި 302 ވޯޓު ފޮށި ބަހައްޓާފައި ހުރެ އެވެ. ރިސޯޓުތަކުގައި 35 ފޮށި ބަހައްޓާފައިވާ އިރު ރާއްޖެއިން ބޭރުގައި ފަސް ފޮށި ބަހައްޓަ އެވެ.

Advertisement

ކޮމެންޓް