Advertisement

ފަނޑިޔާރުންގެ އިސްތިއުނާފީ މަޖިލިސް އެކުލަވާލައިފި

13 Jan 2020 | 15:54

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން، 2020 ވަނަ އަހަރަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހެއް އެކުލަވާލައިފި އެވެ.

މިއަހަރަށް އެކުލަވައިލި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒަްމިރަލްދާ ޒާހިރާއި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އެވެ.

އެ މަޖިލީހަށް ހުށަހަޅައި މައްސަލަތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސައި، އިދާރީ ގޮތުން މަ

އެގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، މި މަޖިލިސް އެކުލެވިގެންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި، އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ މައްޗަށެވެ.

Advertisement

ކޮމެންޓް

Advertisement