ގައުމީ ޝިޕިންގ ލައިން އުފެއްދުމުގެ މަސައްކަތް މިއަހަރު ފަށަނީ

15 Jan 2020 | 13:10

ދިވެހިރާއްޖޭގެ ގައުމީ ޝިޕިންގ ލައިނެއް އުފެއްދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ.

އެބޭފުޅާ ވިދާޅުވީ ގައުމީ ޝިޕިންގ ލައިނެއް ނެތުމުގެ ސަބަބުން މުދާ އެތެރެކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ކަމަށާއި، އެހެންނަމަވެސް ޝިޕިންގ ލައިނެއް އުފެއްދުމުގެ ސަބަބުން އެ ދަތިތަކެއް ހައްލު ލިބިގެންދާނެކަމަށް ގަބޫލުުކުރައްވާ ކަަމަށް އަމްރު ވިދާޅުވިއެވެ. މީގެ ސަބަބުން މުދަލުގެ އަގުވެސް ހެޔޮވެގެން ދާނެކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އެތެރެކުރާ ގިނަ އަދަދެއްގެ މުދާ އެތެރެކުރަނީ ކަނޑުމަގުންނެވެ.

ދިވެހި ޝިޕިންގ ލައިނެއް އަލުން އުފެއްދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ކުރީގެ ރައީސް ނާސިރުގެ ދައުރުގައި ދިވެހިރާއްޖޭގައި އޭޝިޔާ ސަރަހައްދުން ގުނާލެވޭފަދަ ވަރުގަދަ ޝިޕިންގ ލައިނެއް އޮތެވެ. 

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް