އައްޒާމްގެ ތަފާތު ކެމްޕެއިން ހަރަކާތެއް: ހުޅުމާާލެ ބާބަކިޔު ސަރަަހައްދު ސާފުކުރުން!

17 Jan 2020 | 15:07

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ކެމްެޕެއިންގެ ތެރެއިން ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭ ބާބަކިޔު ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ދާއިރާގެ އެމްޑީީޕީގެ ޕްރައިމަރީގައި ވާދަކުރާ ޒުުވާން ކެނޑިޑޭޓް އައްޒާމް ލަތީފްގެ ފަރާތުންނެވެ.

އައްޒާމް ކުރި ޓްވީޓެއްގައި ބުނީ ހުޅުމާލޭ ދާއިރާގެ ޕްރައިމަރީގައި ވާދަކުރާތީ، އެ ޕްރައިމަރީގެ ކެމްޕެއިންގައި ބައިވެރިވުމަށް އާއިލާއިން އެދުނުކަަމަށެވެ. އަދި އޭނާއަށް ދިން ސަޕްރައިޒެއްގެ ގޮތުގައި އާއިލާގެ ފަރާތުން ހުޅުމާލޭ ބާބަކިޔު ސަރަހައްދު ސާފުކުރުމަށް ނިންމިކަމަށް އައްޒާމް ބުންޏެވެ. އަދި މިކަމުގައި މަޖާކުރެވުނު ކަމަށާއި، ނިންމުމަށްފަހު އާއިލާ މެންބަރުންގެ ސަޔެއް އޮތްކަމަށްވެސް އައްޒާމް ބުންޏެވެ.

މި ސާފުކުރުމުގައި އައްޒާމާއި އޭނާގެ އާއިލާގެ ފަރާާތުން ވަނީ 54 ކޮތަޅު ފުރާ ކުނިބުނި ހުޅުމާލޭގެ ބާބަކިޔު ސަރަހައްދުން ނަގާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ކުކުޅު ފަތާއި ބާކީވެފައި ހުުރި ލޮނުމިރުސްކަމަށް އައްޒާމް ބުންޏެވެ.

Advertisement

ކޮމެންޓް