Advertisement

ވީއައިއޭ އަށް ދަތުރުކުރާ ފެރީތައް ލަފާ ފުރުން ޓެކްސީ ކިއު ސަރަހައްދަށް ބަދަލުކޮށްފި

19 Jan 2020 | 15:41

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކަށް އަރައި، ފޭބުން، ޓެކްސީ ކިއު ސަރަހައްދަށް ބަދަލުކޮށްފިއެވެ.

ކުރިން ފެރީ ގާތްކުރަމުން ދިޔަ ސަރަހައްދު މިހާރު ހާއްސަ ކޮށްފައިވަނީ ލޯންޗުތައް ލަފާ ފުރުމަށެވެ.

ޓެކްސީ ކިއު ސަރަހައްދަކީ މިހާރުވެސް ބާރު ބޮޑު ސަރަހައްދެކެވެ. ފެރީން މީހުން އަރާފޭބުން އެސަރަހައްދަށް ބަދަލުކޮށްފިނަމަ، އިތުރަށް އެސަރަހައްދުގައި ބާރުބޮޑުވެގެންދާނެ ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

Advertisement

ކޮމެންޓް