Advertisement

ނަރީޝްވެސް ކައުންސިލްއަށް ވާދަކުރައްވަނީ

19 Jan 2020 | 22:45

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު މެދު ދާއިރާގެ ކައުންސިލަރކަމުގެ މަގާމަށް އަޙްމަދު ނަރީޝް ވާދަކުރުމަށް ނިންމަވައިފިއެވެ.

ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި ނަރީޝް މިކަން ހާމަކުރެއްވީ ފޭސްބުކް ޕޯސްޓެއްގައެވެ. 

ނަރީޝް އަކީ ޗެނަލް13ގައި ހޯސްޓެއްގެ ގޮތުގައިިވެސް މަސައްކަތްކުރާ ފަރާތެކެވެ.

ނަރީޝްގެ ފޭސްބުކް ޕޯސްޓްގައި އެބޭފުޅާ ވިދާޅުވީ އެ ދާއިރާގެ ހުރިހާ މެންބަރުންގެ ވޯޓާއި ތާާއިދު ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އެގޮނޑި ކާމިޔާބު ކުރެއްވިއްޖެނަމަ، ރައްޔިތުން އުންމީދުކުރާ ފަދަ އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާނެކަމަށެވެ.

މި ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރައިމަރީގައި ވާދަކުރައްވާނީ އަހުމަދު ނަޒީރު އަދި ކުރީގެ ކައުންސިލަރ އަހުމަދު ރިޝްވާނެވެ.

Advertisement

ކޮމެންޓް